އެމެރިކާގެ ޓެކް ޖަޔަންޓުން ދެކެ އިންޑިއާ ރުޅިގަދަވެއްޖެ
އިންޑިއާ އަށް ނިސްބަތްވާ ގޮތަށް ފޭކް ނިއުސްތައް ފަތުރާކަމަށްބުނެ އެމެރިކާގެ ޓެކް ޖަޔަންޓުން ދެކެ އިންޑިއާ ރުޅިގަދަވެއްޖެއެވެ.
އެގޮތުން އިންޑިއާއިން ދަނީ ފޭކް ނިއުސްތަކާ ގުޅިގެން އެމެރިކާގެ ޓެކް ޖަޔަންޓުންގެ ކިބައިން ހަރުކަށި ފިޔަވަޅު ތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންނެވެ.
މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން (އައި.ބީ)ގެ އޮފިޝަލުން ވަނީ އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފޭކް ނިއުސްތަކުގެ ސަބަބުން އިންޑިއާ ސަރުކާރަށް ކޮންޓެންޓް ނެގުމުގެ އަމުރު ނެރެން މަޖުބޫރުވަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ފާޑުކިއުންތައް އަމާޒުވެފައެވެ.
ހޯމަ ދުވަހު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ކަންކަން ކުރިއަށް ދިޔަ ގޮތުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ވަނީ، މި ވާހަކަތަކަކީ ހަލަބޮލި އަދި ހޫނު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ ޓެކް ޖަޔަންޓުންނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ގުޅުން އާ ދަށް ކަމުގެ އިޝާރާތެއް ކޮށްފައެވެ.
އެ ބައްދަލުވުމުގައި އެ ކުންފުނިތަކުން އެއްވެސް އިންޒާރެއް ނުދޭ ކަމަށް އޮފިޝަލުން ބުންޏެވެ. ސަރުކާރުން ޓެކް ސެކްޓާގެ ގަވާއިދުތައް ހަރުކަށި ކުރަމުން ދިޔަ ނަމަވެސް ކުންފުނިތަކުން ބޭނުންވަނީ ކޮންޓެންޓް މޮޑަރޭޝަންއާ ގުޅޭ ގޮތުން އިތުރު މަސައްކަތްތަކެއް ކުރުމަށެވެ.
މި ބައްދަލުވުމަކީ ގޫގުލްގެ ޔޫޓިއުބް ޕްލެޓްފޯމްގައި 55 ޗެނަލް ބްލޮކް ކުރުމަށް އަމުރު ކުރުމަށާއި، ބައެއް ޓްވިޓާ އަދި ފޭސްބުކް އެކައުންޓްތައް ބްލޮކް ކުރުމަށް އަމުރު ކުރުމަށް އައިބީ މިނިސްޓްރީން ޑިސެމްބަރު މަހާއި ޖެނުއަރީ މަހު “އިމަޖެންސީ ޕަވަރސް” ބޭނުން ކުރި ގޮތުގެ ފޮލޯއަޕް ބައްދަލުވުމެކެވެ.

