ޚަބަރު

ކޯވިޑު ޖެހިގެން 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ


ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ނިޔާވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މި ޒުވާނާ ނިޔާވެފައިވަނީ، ކޯވިޑަށް ޕޮޒިޓިވްވެ، ހާލުދެރަވެގެން ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ މިއަދު ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. މިއަދު މީގެ ކުރިން ނިޔާވެފައިވަނީވެސް ހުލުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. އޭނާއަކީ ޢުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު މެންދުރު 1:42 ގައެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދުވަނީ 283 އަށް އަރާފައެވެ. އަދި މިބަލީގައި މިމަހު މިހާތަނަށް ވަނީ 7 މީހަކު ނިޔާވެފައެވެ. ރާއްޖޭގައި މިވަގުތު 17،637 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close