ކުޅިވަރު

ރެއާލް މެޑްރިޑް އާއި އެލްޗޭއާ ކުޅުނު މެޗު ހިނގަމުން ދިޔަވަގުތު ބެންޒެމާ ގެ ގެއިން ވައްކަން ކޮށްފި

އާދީއްތަ ދުވަހު ސެންޓިއާގޯ ބާނަބޭއު ސްޓޭޑިއަމްގައި އެލްޗޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުހިނގަމުން ދިޔަވަގުތުގައި، ރެއާލްގެ ފްރާންސް ސްޓައިކަރު ކަރީމް ބެންޒެމާ ގެ ގެއިން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 އާއި 7:00 އާ ދެމެދުގައި ކަމަށެވެ. އެއީ ރެއާލްގެ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ރެއާލް ކުޅުނު ލަލީގާ މެޗު 2-2 އިން އެއްވަރުވި މެޗުގެ ފަހުން ބެންޒެމާ އާއި އޭނާގެ އާއިލާ އެނބުރި ގެއަށް އައުމުގެ ކުރިން ކަމަށް ފުލުހުން ބުނެއެވެ. އެގެ ހުންނަނީ ސެން ސެބަސްޓިއަން ޑި ލޮސް ރެޔެސް ގެ މެޑްރިޑް ގެ އަވަށުގެ އެކަހެރި ހިސާބެއްގައި ކަމަށް ވެއެވެ.

ފުލުހުން އިތުރަށް ބުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޒެމާއަށް އޭނާގެ ގޭގައި ދިމާވި ވައްކަމުގެ މައްސަލައާ މި ހާދިސާއާ ގުޅުން އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

ވަގަށް ނެގި ތަކެތީގެ ތަފްޞީލީ މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.  

މިއީ ޔޫރަޕްގައި ކުޅުންތެރިންނަށް ދިމާވި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ސިޓީ އާއި ބެންފީކާގެ ޑިފެންޑަރުން ކަމަށްވާ ޖޮއާއޯ ކެންސެލޯ އާއި ނިކޮލަސް އޮޓަމެންޑީ އަށް އިންގްލެންޑާއި ޕޯޗުގަލްގައި ވެސް މިފަދަ ފޭރުމުގެ އަމަލުތައް ހިންގި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close