ޔަމަނުގެ ނުރައްކާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއާއި ގަލްފުގެ ބައިވެރިންނަށް އެހީވާން އެމެރިކާއިން ވަޢުދުވަނީ
ޔަމަނުގެ ނުރައްކާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއާއި ގަލްފުގެ ބައިވެރިންނަށް އެހީވާން އެމެރިކާއިން ތައްޔާރަށް އޮތްކަމަށް އެމެރިކާސަރުކާރުން ބުނެފިއެވެ.
ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާއި ޕްރިންސް ފައިސަލް ބިން ފަރްހާންއާ ދެމެދު ބޭއްވި ފޯނު ކޯލަކަށްފަހު ޚާރިޖީ ވުޒާރާއިން ބުނީ، ޔަމަނާއި ސަރަހައްދުގެ އެހެން ތަންތަނުން ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމަށް ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ބައިވެރިންނަށް އެހީތެރިވުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ތަކުރާރުކޮށް ދޭ ކަމަށެވެ.
“ސެކްރެޓަރީ ބްލިންކެން ވަނީ ޔަމަނާއި ސަރަހައްދުގެ އެހެން ސަރަހައްދުތަކުން ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލްކަން އިތުރުކުރުމަށް ގަލްފުގެ ބައިވެރިންނަށް އެހީތެރިވުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ވިދާޅުވެ، މަދަނީ ގެއްލުންތައް ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި،” ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.
އެމެރިކާއިންމިޔަޤީންކަން ދީފައި މިވަނީ، ޔަމަނުގައި އީރާނުން ވާގިވެރިވާ ހޫތީން ގެ ބާރުގެ ދަށުގައި އޮތް ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް މި ހަފްތާގައި ދިން ހަމަލާތަކަށްފަހުގައެވެ.
އަބޫދާބީގެ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މަދަނީ ސައިޓްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތައް ވެސް ވަނީ އަމާޒުކޮށްފައެވެ. މިހާދިސާގައި އާންމުންގެ ތިން މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ.
“ޔޫއޭއީގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިމެނޭ ގޮތަށް ޔޫއޭއީގެ މަދަނީ ސައިޓްތަކަށް އަމާޒުކޮށް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހޫތީން ދިން ހަމަލާ ސެކްރެޓަރީ ވަނީ ކުށްވެރި ކޮށްފައި، އަދި އާންމުން މަރާލައި، ޒަހަމްވެސް ކޮށްފައި،” ޕްރައިސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.


