ބޭރުދުނިޔެ

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން ޑްރޯން ހަމަލާއެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ޑްރޯން ހަމަލާއެއްގައި ރޮބޮޓެއް ގޮއްވާލާ މަންޒަރު ދައްކުވައިދޭ އެނިމޭޓެޑް ވީޑިއޯއެއް އީރާނުގެ ރޫހީ ލީޑަރުގެ ޚާމަނާއީގެ ރަސްމީ ވެބްސައިޓުން ދައްކާލައިފި އެވެ.

މި އެނިމޭޓެޑް ވީޑިއޯއަކީ، އިރާގުގެ ވެރިރަށް ބަޣުދާދުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރާލި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލެއިމާނީ ގެ މަރާ ގުޅިގެން ކުރިއަށް ގެންދިޔަ ކުރިމަތިލުމެއްގެ ތެރެއިން ނެރުނު ވީޑިއޯއެކެވެ.

ޚާމަނައީގެ އޮފީހުގެ ވެބްސައިޓްގައި ބުދަ ދުވަހު ޕޯސްޓްކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ ފްލޮރިޑާގެ މާރ-އަ-ލާގޯގައި ހުންނަ ގޮލްފް ކޯސްގައި ޓްރަމްޕަށް ޑްރޯން ޙަމަލާއެއް އަމާޒުވާ މަންޒަރެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި މިދިޔަ އަހަރު ޕްރޮޕެގެންޑާ ޕޯސްޓަރެއް ވެސް ޓްރަމްޕަށް ގޮލްފް ކޯހެއްގައި ދައްކާލައި، ސުލެއިމާނީ މަރާލި ހާދިސާގެ ބަދަލު ހިފުމަށް ގޮވާލައި ވާހަކަ ދައްކާފައިވެ އެވެ.

މި މަހު ކުރީކޮޅު އީރާނުގެ ހައްދުފަހަނައަޅާފައިވާ ރައީސް އިބްރާހިމް ރައިސީ ވަނީ ޓްރަމްޕަށް “ދައުވާކޮށް މެރުމަށް” ޑިމާންޑް ކުރައްވާފައެވެ.

“އެހެން ނޫން ނަމަ، އަޅުގަނޑު އެމެރިކާގެ ހުރިހާ ލީޑަރުންނަށް ވެސް މި ދަންނަވާލަނީ، ބަދަލު ހިފުމުގެ އަތް އުންމަތުގެ ކަސްތޮޅުން ނުކުންނާނެ ކަމާ މެދު ޝައްކެއް ނުކުރަން،” މުސްލިމުންގެ ދުނިޔޭގެ މުޖުތަމައަށް އިޝާރާތް ކުރައްވައި ރައިސީ ވިދާޅުވި އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close