ޚަބަރު

މާމިގިލި އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުލި ބަނގުރަލާއި ބިޔަރު ނައްތާލައިފި

މާމިގިލި އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން މި އަހަރު އަތުލި 468 ފުޅި ބަނގުރަލާއި 145 ދަޅު ބިޔަރު ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން ބުނީ މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި މިދިޔަ އާދިއްތަ ދުވަހު އެތަކެތި ނައްތާލައިފައި ވާކަމަށެވެ.

އެއީ މި އަހަރުގެ ޖަނަވަރީ 16 އިން މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް މާމިގިލި އެއާޕޯޓަށް ފުރަންދިޔަ 215 ފަތުރުވެރިއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލާއި ބިޔަރު ކަމަށެވެ.

“ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.” ފުލުހުންގެ ބަޔާނުގައިވެއެވެ.

މިފަދަ ތަކެތި ނައްތާލާއިރު އޮބްޒާވަރުންގެ ގޮތުގައި ޢާއްމުންނަށް ބައިވެރިވެ ވެވޭ ގޮތަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close