ޚަބަރު

ލަންކާ އާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުޅުނު މެޗު ލަންކާ ކާމިޔާބު ކޮށްފި

ސްރީލަންކާގެ ޤައުމީ ވޮލީ ބޯޅަ ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ލަންކާ ކާމިޔާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗް ލަންކާ 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

މި މެޗް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމުގެ ޖާރޒީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފަ އެވެ.

މިރޭގެ މެޗަކީ، ބަންގްލަދޭޝްގައި މި މަހު ކުރިއަށްދާ “ބަންގަބަންދު އޭޝިއަން ސެންޓްރަލް ޒޯން މެންސް އެންޑް ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް-2021” އަށް ތައްޔާރުވުމަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close