ޚަބަރު

އެމެރިކާގައި ކިޔަވާ ޗައިނާގެ ދަރިވަރުންގެ އަދަދު ދަށަށް

އެމެރިކާގެ ބައިނަލްއަގުވާމީ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާ ޗައިނާގެ ދަރިވަރުންގެ އަދަދު ދަށަށް ހިނގައްޖެއެވެ. އެގޮތުން މިދިޔަ އަހަރު ވަނީ 15 ޕަސެންޓާ ގާތްކުރާ އަދަދަކަށް ދަށަށް ގޮސްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ މަތީ ތައުލީމުދޭ މަރުކަޒުތަކަށާއި އޮންލައިންކޮށް ކިޔަވަން ތިބި ދަރިވަރުންގެ އަދަދު ދަށްވެފައިވާ ކަމަށް އިންޓަނޭޝަނަލް އެޑިއުކޭޝަނަލް އެކްސްޗޭންޖްގެ އޯޕަން ޑޯސް 2021 ގެ ރިޕޯޓް ގައި ބުނެފައިވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވާ ބޭރުގައުމުތަކުގެ ދަރިވަރުންނަށެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އެފެއާޒް އާއި އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެޑިއުކޭޝަން ގުޅިގެން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ ހުރިހާ ހިސާބެއްގެ ޔުނިވަރސިޓީތައް ހިމެނޭގޮތުން 46 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

2020-21 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ބޭރުޤައުމުތަކަށް ނިސްބަތްވާ 914،095 ދަރިވަރުން ތިބިއިރު  އެ ދަރިވަރުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ވުރެ 15 ޕަސެންޓް ދަށް އަދަދެއް ކަމަށް އަހަރީ ރިޕޯޓުގައި ވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close