ހިމާޗަލް ޕްރަދޭޝްއިން މަހެއްހާ ދުވަހުގެ ތެރޭގައި 550 އަށްވުރެ ގިނަ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހިމާޗަލް ޕްރަދޭޝްގައި އެއް މަސް ދުވަހުގެ ތެރޭގައި 550 އަށް ވުރެ ގިނަ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ސްޓޭޓްގެ ސިއްހަތާ ބެހޭ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އެކި ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ 556 ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ޕޮސިޓިވްވެފައިވަނީ ހަމިރްޕޫރް ޑިސްޓްރިކްޓުން ކަމަށާއި އޭގެ ފަހުން ކަންގަރާގައި 173 ދަރިވަރުން، އުނާގައި 104 ދަރިވަރުން، މަންޑީގައި 26 ދަރިވަރުން، ޝިމްލާގައި 22 ދަރިވަރުން، ކިންނައުރްގައި 14 ދަރިވަރުން، ކުލޫގައި އަށް ދަރިވަރުން، ބިލާސްޕޫރުގައި ހަތް ދަރިވަރުން، ސޮލާންގައި ހަތަރު ދަރިވަރުން އަދި ޗަމްބާ އަދި ލަހައުލް-ސްޕިޓީ ޑިސްޓްރިކްޓްގައި ކޮންމެ ޑިސްޓްރިކްޓަކުން އެކަކު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމިރްޕޫރް ޑިސްޓްރިކްޓްގެ 196 ދަރިވަރުންގެ ތެރެއިން، ދޯންގްރީގެ ނަވޯދަޔާ ވިދްޔާލާގެ 35 ދަރިވަރަކު އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބަރާގައި ހުންނަ ގަވަރމަންޓް ސީނިއަރ ސެކަންޑަރީ ސްކޫލްގެ 15 އަދި 12 ދަރިވަރަކު ވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު ވައިރަލް ޑިޒީޒްއަށް ޕޮޒިޓިވްވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް 556 ދަރިވަރުންގެ ތެރެއިން 250 ދަރިވަރުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ އިރު 305 ދަރިވަރަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ހެލްތު ޑިޕާޓްމެންޓުގެ ޑޭޓާތަކަށް ބަލާއިރު، ހިމާޗަލް ޕްރަދޭޝްގައި ހޯމަ ދުވަހުގެ މެންދުރުގެ ނިޔަލަށް އެކްޓިވް ކޮވިޑުގެ ކޭސްތައް އުޅެނީ 1415 ގައެވެ. އެހެންވެ، ހިލް ސްޓޭޓުގައި އެކްޓިވް ކޭސްތަކުގެ ހަބައިކުޅަ އެއްބައި ކޭސް އަކީ ދަރިވަރުންގެ ކޭސްތަކެވެ.


