ޓީޗަރުންގެ އަގު ވަޒަންކޮށް އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ދީފި
ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި އެވެ.
ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯއިން ހަދިޔާ ދީފައިވާއިރު، އެސްޓީއޯ އިން ބުނީ އެކުންފުނީގެ ފަރާތުން ހަދިޔާ ދިނުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ހުރި ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންނަށް ކަމަށެވެ.
އެސްޓީއޯ އިން ބުނީ ޓީޗަރުން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެހެންވެ، އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 13 ސްކޫލަކަށް ގޮސް, އެ ސްކޫލުތަކުގެ ޓީޗަރުންނަށް 250 ރުފިޔާގެ ވައުޗަރަކާއި މާބޮނޑިއެއް ދީފައިވާނޭ ކަމަށެވެ.
އަދި މިއަދުވެސް އިތުރު ތިން ސްކޫލެއްގެ ޓީޗަރުންނަށް ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ޓީޗަރުންނަށް ދޭ ވައުޗަރުން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓީޗަރުންނަށް ހަދިޔާ ބެހުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަ އެވެ.

