ޖަޕާނުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ލިސްޓުގަ ރާއްޖެ ހިމެނޭ
ޑަބްލިޔުއެޗްއޯ ގެ ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ލިސްޓުގަ ރާއްޖެ ހިމެނިއްޖެ އެވެ.
މިކަން ހާމަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ޖަޕާނު ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔާ، ޝުކުރު ދަންނަވާފައި ވެއެވެ.
އެ ގައުމުން 11 މިލިއަން ވެކްސިން ޑޯޒު ކޮވެކްސް ފެސިލިޓީއަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ. އަދި އެ ވެކްސިންތައް ބަހާނީ 10 ގައުމަކަށެވެ.
އެހެންނަމަވެސް ޖަޕާނުން ހަދިޔާ ކުރަނީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ރާއްޖެއަށް ލިބޭ ވެކްސިނުގެ އަދަދު ވެސް އަދި ސާފެއް ނުވެ އެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް މީގެ ކުރިންވެސް ވަނީ ވެކްސިން ލިބިފަ އެވެ.
އެގޮތުން މިދިޔަ މާރޗު މަހު އެ ފެސިލިޓީން ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ 12،000 ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
