ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 172 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އިތުރު 172 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އަންގާރަދުވަހުގެ އިރުއޮއްސި 6 އަކުން ފެށިގެން ބުދަދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ 172 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 66 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ 96 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 10 މީހެކެވެ.

މިއާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 4362 އަކަށް އަރާފައެވެ. މީގެތެރެއިން 41 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ވޭތުވެދިޔަ 25 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 379 މީހުންނާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 67886އަށް އަރާފައެވެ.

ބަލިޖެހިފައިވާ މީހުން ދެނެގަތުމަށްޓަކާ ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ވަނީ 4523 ސާމްޕަލް ޓެސްޓުކޮށްފައެވެ. ރާއްޖޭގައި ކޯވިޑް ބަލީގައި މިހާތަނަށްވަނީ 207 މީހަކު ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 189 ދިވެހިންނާއި 18 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close