ޚަބަރު މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު އަނެއްކާވެސް ހާހަކުން މަތީގައި

މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު އަނެއްކާވެސް ހާހަކުން މަތީގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު އަނެއްކާވެސް ހާހަކުން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 699 މީހުންނާއި އަތޮޅުތަކުން 353 މީހުންނާއި ބަންދުކޮށްފައިވާ ރިސޯޓުތަކުން ނުވަ މީހުންގެ އިތުރުން ތަރައްގީކުރަމުންދާ ރަށްރަށުން އެކަކު ހިމެނޭގޮތުން ޖުމުލަ 1062 މީހުންކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 62،906އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 24،507 މީހުންގެ ތެރެއިން 240 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު ބަލިން ރަނގަޅުވީ 1،371 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 38،233 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 157 މީހުން ވަނީ މަރުވެފަ އެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.