ޚަބަރު

ލަންދޫން އިތުރު 7 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނ.ލަންދޫން އިތުރު 7 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެރަށު ޓާސްކްފޯސް އިން މަޢުލޫމާތު ދީފިއެވެ.

ލަންދޫ ކޮވިޑް ޓާސްކްފޯސްއިން މަޢުލޫމާތު ދެއްވިގޮތުގައި ލަންދޫގައި ކޮވިޑްގެ ޢަލާމާތްތައް ފެނިގެން ފުރަތަމަ ޓެސްޓް ކުރި 3 މީހަކު ޕޮޒިޓިވްވުމުން އިތުރަށް ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު 25 ސާމްޕަލެއް ބުދަދުވަހުގެ ރޭ ނެގިކަމަށެވެ. އެ 25 ސާމްޕަލްގެ ތެރެއިން 7 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ލަންދޫގައި މިހާރު ތިބި އެކްޓިވް ކޭސްގެ ޢަދަދު ވަނީ 10 އަށް އަރާފައެވެ.

ލަންދޫ ކޮވިޑް ޓާސްކްފޯސް އިންބުނީ މިވަގުތު ލަންދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން 48 މީހަކު މިހާރުވެސް ހޯމް ކަރަންޓީނުގައި ތިބިކަމަށް މައުލޫމާތު ދެއްވިއެވެ.

ލަންދޫ ޓާސްކް ފޯސްއިން ބުނީ މިހާތަނަށް 28 ސާމްޕަލެއް ނެގި އެސާމްޕަލް ތަކުގެ ނަތީޖާ ލިބިފައިވާކަމަށެވެ.

އެރަށުގައި މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގޭގެ ޢަދަދަކީ ޖުމުލަ 21 އެވެ.

ލަންދޫ މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތްއިރު އެރަށުގައި ޕްރީސްކޫލާއި، ސްކޫލްގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އަދި ޖަމާޢަތުގައި މިސްކިތުގައި ނަމާދު ކުރުންވެސް ވަނީ މެދުކަނޑާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close