ޚަބަރު

މިލަންދޫ ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވެއްޖެ ، އެކުއްޖާހުރީ ކަރަންޓީނުގައެއްނޫން

ށ. މިލަންދޫސްކޫލްގެ ގްރޭޑް 2 ގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވް ދަރިވަރު ހުރީ ކަރަންޓީނުގައި ނޫންކަމަށް އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް “ވަގުތު” އަށް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ ފައްސިވެފައިވާ ކުއްޖާއަކީ އެ ރަށު ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށާއި، އަދި އެ ކުއްޖާ ފައްސިވެފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

އާތިފް ވިދާޅުވި ކަމަށް ވަގުތުގައި ބުނެފައިވަނީ އެ ކުއްޖާއަކީ މިއިން ކައިރި ދުވަހެއްގައި ވެސް ރަށުން ބޭރަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫން ކަމަށާއި ކުރިން ފައްސިވެފައިވާ މީހުންނާއި ބައްދަލުވެފައިވާ ކުއްޖެއް ވެސް ނޫން ކަމަށެވެ.

އެކުއްޖާ ފައްސިވުމާއި ގުޅިގެން މިވަގުތު އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މި މިކުއްޖާ ފައްސިވުމާއެކު މިލަންދޫ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ. އެއީ އެރަށުން މީގެ ކުރިން ފައްސިވެފައިވާ 5 މީހަކާއި މިމަހުގެ 18 ވަނަ ދުވަހު ފައްސިވެފައިވާ 3 މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close