ޚަބަރު އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވަމުންދާތީ އެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މީގެ ކުރިންވެސް ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލި އެވެ.

އޭގެ އިތުރުންވެސް މީގެ ދެ ދުވަސް ކުރިން އެޗްޕީއޭއިން ވަނީ އައްޑޫގައި ބައެއް ފިޔަވަޅުތައް އަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ކާފިއު ހިންގުމާއި، ކެފޭ ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓާލުން ހިމެނެ އެވެ.

އިއްޔެ އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 ގެ ނިޔަލަށް އަލަށް 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އައްޑޫގެ ހުޅުދޫ އިން އިއްޔެ އެކަނިވެސް 11 މީހުން ޕޮޒިޓިވްވި އެވެ.

އެއާއެކު އައްޑޫ ސިޓީން ޖުމްލަ 98 މީހުން ވަނީ ކޮވިޑަށް ފައްސިވެފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ހުޅުދޫ އިންނެވެ. އެ އަވަށުން 52 މީހުން ޕޮޒިޓިވްވެފައި ވާއިރު، ހިތަދޫ އިން 27 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އައްޑޫ ސިޓީން ކޮވިޑްގެ ކޭހެއް ފެނިފައިނުވާ ހަމައެކަނި އަވަށަކީ މަރަދޫ އެވެ. މިދިޔަ ފެބްރުއަރީގައިވެސް އައްޑޫ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވި ނަމަވެސް، މަރަދޫއިން އެ ބަލި ޖެހިގެން ރިޕޯޓެއް ނުކުރެ އެވެ.

މިހާރުވެސް އައްޑޫ ސިޓީގައި 97 މީހަކަށް ފަރުވާދެމުން ދާއިރު، އޭގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

ޓެގް

ކޮވިޑް-19 އައްޑޫސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.