ފެލިވަރުވެސް މޮނިޓަރިންގެ ޙާލަތަށް ލައިފި
ޅ.ފެލިވަރުވެސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފި ކަމަށާއި އަދި އެކަމަކު އެއްވެސް މުވައްޒަފަކު ޕޮޒިޓިވް ނުވާކަމަށް މިފްކޯއިން ބުނެފިއެވެ.
މިކަމާގުޅިގެން މިފްކޯއިން ވިދާޅުވީ، ފެލިވަރުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވެފައިނުވާކަމަށެވެ. ފެލިވަަރު ސެންޓަރުގައި ތިބި މުވައްޒުންގެ ޙާލަތު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ޓީމެއް ރޭގެ ވަގުތެއްގައި ވަނީ ފެލިވަރަށް ގޮސްފައެވެ. އަދި އެތަނުގައި މަސައްކަތް ކުރާ 104 މުވައްޒަފެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
މިފްކޯއިން ވިދާޅުވީ، ސާމްޕަލްނެގި އެއްވެސް މުވައްޒަފެއްގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ. މިކަމާގުޅިގެން އެޗް.ޕީ.އޭއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ދެމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވެފައިވެއެވެ.
މިފްކޯގެ ހުރިހާ ސައިޓުތަކުގައިވެސް އަމަލުކުރަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސިޖަރތަކުގެ ދަށުންކަމަށް މިފްކޯއިން ވދާޅުވެއެވެ. އަދި އެކުންފުނީގެ މުވަައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެކުންފުނިން އެންމެ އިސްކަންދީގެ ކުރާ މަސައްކަތްކަމަށްވެސް މިފްކޯއިން ވަނީ ފާހަގަކުރައްވާފައެވެ.


