ޚަބަރު

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން މާދަމާ އަލުން ފަށަނީ

ވަގުތީގޮތުން ޖެހުން ހުއްޓާލާފައި އޮތް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މާދަމާ އަލުންފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް އިތުރުބުރެއް މާދަމާ ފަށަން ހަމަޖެހިފައިވާއިރު މާދަމާ ޖަހަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ޖެހުމުގެ ހުއްދަ އަލަށްދިން ޗައިނާގެ ސިނޯފާމް ވެކްސިނާއެކު، ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ސިނޯފާމް ވެކްސިންދޭން ފަށާނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ސަރަޙައްދުގައެވެ. އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭގޮތަށް އެޗްޕީއޭއިންވަނީ ހުޅުވާލާފައެވެ.

މިވެކްސިން ދިނުން ކުރިއަށްދާނީ މާލޭގެ 6 ސެންޓަރެއްގައެވެ. އެއީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ވިލިމާލެ ސެންޓަރު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ 10:00އިން 16:00އަށެވެ. ވިލިމާލޭ ސެންޓަރުގައި ކުރިއަށްދާނީ މެންދުނު 10:00އިން 14:00އާ ހަމައަށެވެ. ވެކްސިން ޖަހަން އަންނަ ފަރާތްތަކުން އައިޑީ ކާޑް ގެނައުމާއި ބޮޑެތި ބަލިތަކަށް ބޭސް ބޭނުންކުރާ މީހުން އެމަޢުލޫމާތު ގެނައުމަށްވަނީ އަންގާފައެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންއާއި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑްގެ ވެކްސިން ދޭންފެށީ މިދިޔަ މަހުގެ 1ވަނަ ދުވަހުއެވެ. ފުރަތަމަ ޖަހަންފެށީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި 200،0000އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. މީގެތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެއެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ %50އާ ގާތްކުރާ ޢަދަދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close