ޚަބަރު

ލޮކްޑައުން އުވާލަންވީ – ރައީސް ނަޝީދު

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިމިވާ ލޮކްޑައުން އުވާލަންވީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ކެފޭ ރެސްޓޯރަންޓް ވިޔަފާރީގެ ސިނާއަތަށް ގެއްލުން ވަމުން ދާތީ ކަށް ވިދާޅުވެ ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު އިސްވެ ހުންނަވާ، ކުރިއަށްގެންދަވާ “ބަރުލަމާނީ” ވަޓްސްއެޕް ގްރޫޕްގައެވެ.

އެ ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސައި ހޮޓާ ރެސްޓޯރެންޓް ކެފޭތައް އާދޭސްކުރަމުން އަންނަ ކަމަށާއި މިއިން ދުވަހަކު އަރައިނުގަނެވޭ ވަރަށް އެ ތަންތަނުގެ މާލީ ހާލަތު ދަށްވެއްޖެ ކަމަށެވެ.

“މިކަން މިގޮތަށް ނުބޭއްވޭނެ، ލޮކްޑައުން އުވާލަންވީ” ރައީސް ނަޝީދުގެ ވަޓްސްއެޕް މެސެޖުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސައި ހޮޓާ ރެސްޓޯރެންޓްތަކަށް މިހާރު އޮތް އުސޫލަކީ ރޭގަނޑު 08:00 ގައި ބަންދު ކުރުމެވެ. މި އުސޫލުގެ މުއްދަތު އިތުރު ހަފްތާއަކަށް ރޭގައި ވަނީ އިތުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close