ޚަބަރު

ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ބާރަށުން ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމީހުން ޕޮޒިޓިވްވީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކޮވިޑަށް ޓެސްޓުކުރުމަށް އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނުވަ މީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގައެވެ.

ޕޮޒިޓިވްވި 9 މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި މީހުންނެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ މީހުންގެ ތެރޭގައި ޢުމުރުން 70 އަހަރުގެ ހައިރިސްކް މީހެއްވެސް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close