ޚަބަރު

މިއަދުވެސް 142 މީހުން ރާއްޖެއިން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދުވެސް 142 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއުތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 129 މީހުން ޕޮޒިޓިވްވެފައިވާއިރު، ރަށްރަށުން 6 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓްތަކުން 5 މީހުން ޕޮޒިޓިވްވެފައިވާއިރު، 2 މީހުން ސަފާރީތަކުންވެސްވަނީ ޕޮޒިޓިވްވެފައެވެ. މީއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދާމީހުންގެ ޢަދަދު މިވަނީ 2391އަށް އަރާފައެވެ.

ކޯވިޑް-19ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މަދުނުވެ އިތުރުވަމުންދާއިރު އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ ޢަދަދުތައްދަނީ އިތުރުވަމުން އެގޮތުން މިހާރުވެސް 171 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މިބަލި ޖެހިގެން 24 ގަޑިއރު ތެރޭގައި 171 މީހުން ރަނގަޅުވެފައިވާއިރު، މިހާރު ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 15768އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4589 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 475،790 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 58 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close