ރޭ މަރުވި ދެމީހުންވެސް ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް
ރޭ އިރާކޮޅު މަރުވިމީހާއާއި، މެންދަމު 03:17 ހާއިރު ހަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ އަށް ގެނެވުނު، މިހާވެސް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ރޭ މަރުވި ދެމީހުންނާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި އަދަދު 58 އަށް، މިވަނީ އަރާފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، ރޭ މެންދަމު 03:17 ހާއިރު ހަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ އަށް ގެނެވުނު، އުމުރުން 59 އަހަރުގެ އަންހެނަކު 03:46 ގައި ނިޔާވެފައިވާ ކަމަށެވެ.
މި އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މި ބަލީގައި ނިޔާވި58 ވަނަ މީހާއެވެ.
ރޭ 08:12 ގައި އައިޖީއެމް ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔަވެފައި އޮތް އުމުރުން 78 އަހަރުގެ ދިވެހި އަންހެނެއްވެސް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 ގެ އައި ވޭރިއަންޓް ރާއްޖޭގައި ފެތުރި ބަލި ފެތުރޭ ނިސްބަތް ވަނީ ބޮޑުތަކުން އިތުރުވެފައެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ.


