ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 105 މީހުން
ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 105 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭ އިން ޢާއްމުކުރެއްވި ތަފާސްހިސާބުގައިވަނީ މިއަދު ކޮވިޑް-19 އަށް 2،600 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 105 މީހުން ކަމަށެވެ.
އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 88 މީހުން، އަތޮޅުތެރޭ ރައްތަކުން ހަތަރު މީހުން، ރިސޯޓުތަކުން 12 މީހުން، އަދި ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން އެކަކެވެ.
މިހާތަނަށް މުޅި ޖުމްލަ 15،841 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 14،139 އެވެ.
މިވަގުތު 1،644 މީހުން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 163 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.


