ޚަބަރު

މިއަދުވެސް 109 މީހުން ކޮވިޑަށް ޕޮޒިވް ވެއްޖެ

ރާއްޖެއިން މިއަދުވެސް ކޯވިޑް-19 އަށް 109 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. މިއީ އިއްޔެގެ އަދަދަށްވުރެ އެކަކު ގިނަ ޢަދަދެކެވެ. އިއްޔެވަނީ ޕޮޒިޓިވް ވެފައިވަނީ 108 މީހުންނެވެ.

މިހާރު މިވަނީ ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު 15000އިން މައްޗަށް އަރައިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާހަމައަށް ރާއްޖެއިން 109މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވްވެފައެވެ.

މިގެތޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 78މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 11މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 20މީހުން އަދި ސަފާރީއަކުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 15000އިން މައްޗަށް އަރާފައެވެ. މިހާތަނަށް ރާއްޖެރިން 15102މީހުންވަނީ ޕޮޒިޓިވްވެފައެވެ.

ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 35މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13884އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 1160އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ޢަދަދަކީ 87އެވެ. ކޯވިޑް19ގެ ޙާލަތު ދެނެގަތުމަށް ޓެސްޓުހަދާ މިންވަރުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭތުވެދިޔަ 24ގަޑިއިރު 4742ސާމްޕަލްވަނީ ޓެސްޓުކުރުމަށް ނަގާފައެވެ. މިހާތަނަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދުވަނީ 390396އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން 51މީހުންވަނީ ނިޔާވެފައެވެ. އެއީ 43ދިވެހިންނާ، 8ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close