ޚަބަރު

މިއަދު ޕޮޒިޓިވްވީ 19 މީހުން

ރާއްޖެއިން މިއަދު އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 17 މީހުން ބަލިން ރަނގަޅުވެއްޖެ އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 10 މީހުންނެވެ. އަދި އަތޮޅު ތަކުގެ ރަށްރަށުން ޕޮޒިޓިވްވީ 6 މީހުންނެވެ. މީގެއިތުރުން ހަދަމުންދާ ރިސޯޓުތަކުން 2 މީހުން، ސިނާޢީ ރަށްރަށުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،493އަށް އަރާފައެވެ.

ބަލިޖެހުނު މީހުންގެތެރެއިން މިއަދު ރަނގަޅުވި 17 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 12،895އަށް ވަނީ އަރާފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 543އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 44 މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،149 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 289،322އަށް މިވަނީ އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close