ޚަބަރު

މިއަދު ޕޮޒިޓިވްވީ 16 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 11 މީހުންނެވެ. މީގެ އިތުރުން ރަށަކުން އެކަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީއާއި ޔޮޓްފަހަރުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،418އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 42 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 12،828 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19އަށް ރާއްޖެއިން ފަރުވާ ހޯދަމުންދަނީ 535 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 68 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން 13418 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،171 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް މިބަލި ދެނެގަތުމަށް 280،377 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close