ޚަބަރު

ފްރާންސްގެ ރައީސް މެކްރޯން އަށް ކޮވިޑް ޖެހިއްޖެ

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯނަށް ކޮވިޑް-19 ޖެހިއްޖެކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ފްރާންސްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މެކްރޯން ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ ބަޔާނުގައި ރައީސަށް ކޯވިޑް-19 ޖެހިވަޑައިގަތީ ކޮން މަރުހަލާއެއްގައިކަން ބުނެދޭން ނޭނގޭކަމަށް ބުނެފައިވެއެވެ. އަދި ވައިރަސް ޖެހިފައިވާކަން އެނގުނީ ހެދި ޕީސީއާރު ޓެސްޓަކުންކަމަށް އޭނާގެ އޮފީހުން ބުނެއެވެ.

މެކްރޯން ވިދާޅުވީ އޭނާ 7 ދުވަސް ވަންދެން އެކަހެރިވެވަޑައިގަންނަވާނެ ކަމަށާއި އެހެންނަމަވެސް މަސައްކަތްތައް ކުރިޔަށް ގެންދަވާނެކަމަށެވެ.

މެކްރޯންގެ ތަރުޖަމާނު ވިދާޅުވީ ކޯވިޑް ޖެހުމާ ގުޅިގެން މެކްރޯންގެ ބައެއް ދަތުރުތައް ކެންސަލްކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑް-19 ޖެހުނު ވަކި އިރެއް އަދި ތަނެއް ދެނެގަނެވޭތޯ ރައީސް މަސައްކަތްކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެކްރޯންވަނީ ޑިސެމްބަރު 10 ގައި ޔޫރަޕިއަން ޔޫނިއަންގެ ހެޑްސް އޮފް ކައުންސިލް ސްޓޭޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން އެބައްދަލުވުމުގައި ބައިވެރިވި އީޔޫގެ ބައެއް ޤައުމުތަކުގެ އިސްވެރިން ވަނީ އައިސޮލޭޝަނަށް ވަޑައިގެންފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close