ޚަބަރު

މިއަދު ޕޮޒިޓިވް ވީ 16، ބަލިން ރަނގަޅުވީ 49

ރާއްޖެއިން އިތުރު 16 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 49 މީހުން ބަލިން ރަނގަޅުވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެހެންކަމުން  މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 13،159އަށް އަރާފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން، ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 9 މީހަކާއި އަތޮޅުތަކުން މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 5މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 2މީހެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް ބަލިން ރަނގަޅުވި 49 މީހުންނާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 12،264އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 841 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 79 މީހުންނަށްދަނީ ފަރުވާދެމުންނެވެ. މިބަލީގައި ރާއްޖޭގައި47 މީހުންވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު އެކްޓިވްވި ކޭސްގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވް 658 މީހުންނާއި، މީހުން ދިރިއުޅޭ ރަށްތަކުން ބައްޔަށް ޕޮޒިޓިވް 31 މީހުންނާއި، ރިޒޯޓްތަކުން ބައްޔަށް ޕޮޒިޓިވް 49 މީހުންނެވެ. އަދި ހަދަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 99 މީހުންނާއި، ޔޮޓާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހުންނާއި ސިނާއީ މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

ކޯވިޑަށް ޓެސްޓުހެދުމަށް ވޭތުވެދިޔަ 24 ގަޑިއިރު 2012 ސާމްޕަލްވަނީ ނަގާފައެވެ. އެގޮތުން މިހާތަނަށް ޓެސްޓުކުރުމަށް ރިޕީޓް ސާމްޕަލްއާއެކު 253،946 ސާމްޕަލްވަނީ ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close