ޚަބަރު

މަނަދޫ މޮނިޓަރިންގެ ޙާލަތަށް ލައިފި

ނ. މަނަދޫން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ލައިފައިވާކަން އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.  

މަނަދޫ މޮނިޓަރިންގެ ޙާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެރަށުން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ. މިކަމާގުޅިގެން އެ ރަށް މޮނިޓަރިންގއަށް ލާފައި ވަނީ މިރޭ 19:39 އިން ފެށިގެން އެޗް.ޕީ.އޭއިން ވަކި އެއްޗެއް އަންގަންދެންކަމަށެވެ.

ނ. މަނަދޫ މޮނިޓަރިންގއަށް ލާފައިވާކަން އަންގާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ލިޔުމުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާކަމަށެވެ.

މޮނިޓަރކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް މި ލިޔުމުގައި ވަނީ އަންގާފައެވެ.

މަނަދޫއިން މީގެ ކުރިންވެސް ފުރަބަންދު ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް ވަނީ މޮނިޓަރިންގގެ ޙާލަތަށް ލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close