ކުޅިވަރު ރޮނަލްޑޯގެ ޔުވެންޓާސް މުބާރާތުން ކަޓައިފި

ރޮނަލްޑޯގެ ޔުވެންޓާސް މުބާރާތުން ކަޓައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސްލީގު ދެވަނަ ބުރުރުގެ ދެވަނަ މެޗުގައި ކުރިސްޓިއާނޯ ރޮނަލްޑޯގެ އިޓަލީގެ ޔުވޭންޓަސް އާއި ފްރާންސްގެ ލިޔޯން ބައްދަލުކުރި މެޗު 1-2 ން ޔުއެންޓަސް ކާމިޔާބު ކުރިނަމަވެސް އަވޭ ގޯލުގެ ތަފާތުން ލިޔޯން ކުރިހޯދާ ޔުވެންޓަސް މުބާރާތުން ކަޓައިފިއެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި މިދެޓީމު ބައްދަލުކުރި މެޗު ލިޔޯން 1 ލަނޑު 0 ލަނޑުން ކާމިޔާބު ކުރުމުން ޔުއެންޓަސްއަށް އޮތީ 2 ލަނޑުގެ ލީޑަކާއިއެކު ރޭގެ މެޗު ކާމިޔާބުކުރުމަށް މަޖުބޫރުވެފައެވެ.

ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނިޓްގައި ލިޔޯންއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ގޯލް ކާމިޔާބު ކޮށްދިނީ އެޓީމުގެ މެމްފިސް ޑިޕާއީއެވެ. ޔޫއެންޓަސްގެ ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނަލްޑޯއެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފޯރިގަދަވާނެކަމަށް ގިނަބަޔަކު ބުނަމުން ގެންދިޔަ ސްޕެއިންގެ ރިއަލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާރ ސިޓީ ބައްދަލުކުރި މެޗު 2-1 ން ކާމިޔާބުކޮށް ދެމެޗުގެ އެގުރިގޭޓް 4-2 ގެ ކުރިހޯދުމަކާއި އެކު ސިޓީވަނީ ކުއާޓަފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު  ކާމިޔާބު ކޮށްދީފައިވަނީ މި ލަނޑާއިއެކު އެޓީމަށް ޖުމުލަ 100 ގޯލުކާމިޔާބު ކޮށްދިނުމުގެ ޝަރަފް ހޯދި ރަހީމް ސްޓާރލިންގ އެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖީސޫސް އެވެ. ރިއަލްގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ކަރީމް ބެންޒޭމާއެވެ.

ކޮވިޑް 19 އާއި ގުޅިގެން ޕޯޗުގަލުގެ ލިޒުބަންގައި އެއްބުރު ކުޅޭގޮތަށް ރޭވިފައިވާ ކުއާޓަރ ފައިނަލް ބުރުގައި ލިޔޯން ބައްދަލުކުރަން ޖެހެނީ މެންސިޓީ އާއެވެ.

 

ޓެގް

ޗެމްޕިއަންސްލިގް ރޮނާލްޑޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.