މަސްޖިދުލް އަމާން މަރާމާތު ކުރަނީ
ނ.މަނަދޫ މަސްޖިދުލް އަމާން މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދެއެވެ. ކުރިޔަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މި މަސައްކަތަކީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީގައި ކުރެވޭ މަސައކަތެއް ކަމުގައި، މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖައުފަރުބެ ވަނީ ނާރެސް މީޑިޔާއަށް މައުލޫމާތު ދެއްވާފައެވެ.
މި ފިޔަވަހީގެ މަސައްކަތް ނިމޭއިރު، މިސްކިތުގެ ކުރިމަތީ ފެންޑާގެ މުށި ބަދަލުކުރެވި، ސީލިންގ ވެސް ބަދަލުކުރެވޭނެއެވެ. އަދި ކައިރި މުސްތަގްބަލެއްގައި، ވުޟޫކުރާ އިސްކުރު ބަރިޔަށް ދާންއޮންނަ މަގުވެސް ހިޔާކުރެވި ބޫޓް/ފައިވާން ބަހައްޓާ ހަރެއް، އަތްވާއި ވާރޭން ހިޔާކުރެވިފައި ހުންނާނެ ކަމުގައި މައުލޫމާތު ލިބެއެވެ. އަދި ވިއްސާރަ ކޯޓާއި ކުޑަ ފަދަ ތަކެތި ބެހެއްޓޭނެ އިންތިޒާމްވެސް ހަމަޖެހިގެން ދާނެއެވެ.
ޖައުފަރުބެ އިތުރަށް ހާމަކުރެއްވި ގޮތުގައި، މިފަދަ ކަންކަމުގެ ބޭނުމަކީ މިސްކިތަށް އަންނަ މީހުންނަށް ފަސޭހަ ކުރުމެވެ. އަދި އަމިއްލަ ޝައުގުގައި މިފަދަ ކަންކަަމަށް ހޭދަކޮށް އެހިތެރިވާނެ ބަޔަކު ތިބުމަކީ ބޮޑު އުފަލެއް ކަމުގައެވެ.
ފާއިތުވި ރޯދަމަހާ ދިމާކޮށް، މަސްޖިދުލް އަމާންގައި ވަނީ ދޫލަ އަޅާ، ސަފުމެދަށް ތަނބު ނާރާނެގޮތަށް ސަފުތައް ތަރުތީބު ކުރެވިފައެވެ.



ފާހާނާ އިސްކުރުބަރި ހާދަ މުޑްދާރޭ ތިޔަ މިސްކިތުގަ
ތަނބަށް ނާރާގޮތަށް ސަފުތައް ތަރުތީބު ކުރުމަކީ ވަރަށް ރަނގަޅު ކަމެއް. އެހެން ރަށްރަށުގަވެސް މިގޮތަށް ހާދާނަަމަ ކިހާ ރަނގަޅު.