ޚަބަރު ކުރީގެ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ނިންމައި ފައިލްކޮށްފި

ކުރީގެ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ނިންމައި ފައިލްކޮށްފި

ކުރީގެ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ނިންމައި ފައިލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގުކުރި މައްސަލައިގައި، އެކަށީގެންވާ ޖިނާއީ އަމަލެއް ހިންގާފައިވާކަމަށް ބުރަނުވެވޭތީ އެ މައްސަލަ ދައުވާ ނުކުރާގޮތަށް ނިންމައި ފައިލްކޮށްފި އެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެން، ޕީޖީން ވަނީ އެ މައްސަލައިގައި ޖިނާއީ ކުށެއްގެ އަމަލެއް އެކުލެވިގެންވާކަމަށް ބުރަނުވެވޭތީވެ ދައުވާ ނުކުރަން ނިންމާފަ އެވެ. ޕީޖީ އޮފީހުން އެގޮތަށް އެންގުމާ އެކު، ފުލުހުން ވަނީ އެ މައްސަލަ ރަސްމީކޮށް ފައިލްކޮށްފަ އެވެ.

މި މައްސަލަ ފައިލްކުރި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ކުރީގެ ފަނޑިޔާރުާ ގުޅުންހުރި އިތުރު މައްސަލައެއް ބަލަމުންނެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ކޮމިޝަނުން އަދިވެސް އޭގެ އެއްވެސް ތަފްސީލެއް އާންމުކޮށްފައެއް ނުވެ އެވެ.

ޓެގް

ސްޕްރީމްކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.