ޚަބަރު ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ރައީސް މުއިއްޒަށް ޓިކެޓް ދޭން ޕީއެންސީން ނިންމައިފި

ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ރައީސް މުއިއްޒަށް ޓިކެޓް ދޭން ޕީއެންސީން ނިންމައިފި

ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ރައީސް މުއިއްޒަށް ޓިކެޓް ދޭން ޕީއެންސީން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިނުމަށް ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެ ޕާޓީގެ ކުއްލި ސެޝަނެއްގައި މި ގަރާރު ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ތިބި 1019 މަންދޫބުންގެ އިއްތިފާގުންނެވެ.

ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ ނަމޫނާ ލީޑާޝިޕެއް ކަމަށާއި، ގައުމަށް ގެންނަވަމުންދާ ތަރައްގީ އާއި ހަމަޖެހުމުގެ ދަތުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް އެ ގަރާރު ހުށަހޅުއްވަމުން ފާހަގަކުރައްވާފައިވެއެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން، ޕާޓީގެ ރައީސްކަމުގައި ހުންނެވި މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ސެނެޓަށް ހުށަހެޅުމުން ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭނެއެވެ.

މި ގަރާރަށް ތާއީދުކޮށް ނައިބު ރައީސާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންގެ އިތުރުން ޕާޓީގެ އިސް ވެރިން ވަނީ ވާހަކަދައްކަވާފައެވެ. ނަމަވެސް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލއްވާނެ ކަމަށް ރައީސް މުއިއްޒު މިހާތަނަށް ރަސްމީކޮށް އިއުލާންކުރައްވާފައެއް ނުވެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.