ބޭރުދުނިޔެ އީރާނު ހަނގުރާމައިން އެމެރިކާއަށް 38 ބިލިއަން ޑޮލަރުގެ ގެއްލުން

އީރާނު ހަނގުރާމައިން އެމެރިކާއަށް 38 ބިލިއަން ޑޮލަރުގެ ގެއްލުން

އީރާނު ހަނގުރާމައިން އެމެރިކާއަށް 38 ބިލިއަން ޑޮލަރުގެ ގެއްލުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް 38.1 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ހާމަކޮށްފިއެވެ. ސީބީއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހަނގުރާމައިގެ ސަބަބުން މަހެއްގެ މައްޗަށް އެމެރިކާއިން އިތުރު 2 ނުވަތަ 3 ބިލިއަން ޑޮލަރު ދަނީ ޚަރަދުކުރަމުންނެވެ.

މިހާތަނަށް ހަތިޔާރަށް އެކަނިވެސް 21.7 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 13.1 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވަނީ އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން ދިފާއުވުމަށެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެމެރިކާގެ އަތުގައި ހުރި އިންޓަސެޕްޓަރު މިސައިލްތަކުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ ދެބައި ވަނީ ބޭނުންކޮށް ހުސްވެފައެވެ. މި ހުސްވި ސްޓޮކް އަލުން އުފެއްދުން އިތުރުކުރި ނަމަވެސް، އެކަމަށް ފަސް އަހަރު ދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ.

ހަނގުރާމައިގެ މައިދާނުގައި އެމެރިކާއަށް ލިބުނު ސީދާ ގެއްލުންތަކުގެ އަގު 1.9 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި އީރާނުން ހަލާކުކޮށްލި 500 މިލިއަން ޑޮލަރުގެ “ތާޑް” ރާޑަރު ސިސްޓަމެއްގެ އިތުރުން، އެމެރިކާގެ ހަތަރު އެފް-15އީ މަތިންދާބޯޓާއި، އެފް-35އޭ މަރުކާގެ ބޯޓަކާއި 24 އެމްކިއު-9 ޑްރޯން ހިމެނެއެވެ.

މި ކުރިމަތިލުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއަށް ތެލުގެ ޚަރަދުގެ ގޮތުގައި އިތުރު 2.7 ބިލިއަން ޑޮލަރު ވަނީ ދައްކަންޖެހިފައެވެ. ހަމައެއާއެކު، އެމެރިކާގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވެ، އާންމު ރައްޔިތުންނަށް އިންފްލޭޝަންގެ ތަކުލީފުތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އީރާނުގެ އަސްކަރީ ބާރުވެރިކަން ފުނޑުފުނޑުކޮށްލާނެކަމަށް ބުނެ ޓްރަމްޕް ފެށި މި ހަނގުރާމަ ވަނީ މުޅިން ނާކާމިޔާބުވެފައެވެ. އީރާނުން އަދިވެސް ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާއިރު، އެމެރިކާއަށް ޖެހިފައިވަނީ ބިލިއަނުން ލިބުނު ގެއްލުންތައް ގުނާށެވެ. އަދި ހުސްވެފައިވާ ހަތިޔާރުގެ ސްޓޮކްތައް އާކުރުމަށް ފަސް އަހަރުގެ ދިގު މަސައްކަތެއް ފަށަން މިހާރު ވަނީ މަޖުބޫރުވެފައެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.