ބޭރުދުނިޔެ ޓްރަމްޕްގެ ޓެރިފް އިންޒާރުތަކާ ގުޅިގެން ކެނެޑާގެ ރައްޔިތުން އެމެރިކާގެ މުދާ ބޮއިކޮޓްކުރަން ފަށައިފި

ޓްރަމްޕްގެ ޓެރިފް އިންޒާރުތަކާ ގުޅިގެން ކެނެޑާގެ ރައްޔިތުން އެމެރިކާގެ މުދާ ބޮއިކޮޓްކުރަން ފަށައިފި

ޓްރަމްޕްގެ ޓެރިފް އިންޒާރުތަކާ ގުޅިގެން ކެނެޑާގެ ރައްޔިތުން އެމެރިކާގެ މުދާ ބޮއިކޮޓްކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ބޮޑުކުރާނެ ކަމަށް ބުނެ ދެމުންދާ އިންޒާރުތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ކޯޅުންތައް ބޮޑުވެ، ކެނެޑާގެ އާންމުން އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓްކުރުމުގެ ވަރުގަދަ ހަރަކާތެއް ފަށައިފިއެވެ.

މި މައްސަލައިގައި ކެނެޑާގެ ރައްޔިތުންގެ މެދުގައި ޤައުމީ ރޫޙު އާލާވަމުން އަންނައިރު، ބޮޑުވަޒީރު މާކް ކާނީގެ ސަރުކާރުން ވެސް ދަނީ އެމެރިކާގެ އުފެއްދުންތަކުގެ ބަދަލުގައި އަމިއްލަ ޤައުމުގެ އުފެއްދުންތައް ގަތުމަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެރިފްތައް ތަންފީޒުކުރަން ފެއްޓެވި ފަހުން، ކެނެޑާގެ ގިނަ ޕްރޮވިންސްތަކުގެ ފިހާރަތަކުގެ ހަރުގަނޑުތަކުން އެމެރިކާގެ ރަލާއި ބުއިންތައް މިހާރު ވަނީ ނަގައި ހުސްކޮށްފައެވެ. އަދި އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ވެސް އެމެރިކާގެ މުދާ ގަތުން ހުއްޓާލައި، އަމިއްލަ އުފެއްދުންތަކަށް އިސްކަންދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ކެނެޑާގެ ފައިނޭންސް މިނިސްޓަރު ފްރަންސުވާ ފިލިޕް ޝެމްޕޭން ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ތަކެތި ގަތުމުގެ ބާރު ކަމަށާއި، މި ދަނޑިވަޅުގައި ކެނެޑާގެ އުފެއްދުންތައް ޚިޔާރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިންޑަސްޓްރީ މިނިސްޓަރު މެލަނީ ޖޯލީ ވިދާޅުވީ، ޤައުމީ އުފެއްދުންތައް ބޭނުންކުރުމަކީ އެމެރިކާއަށް ޕްރެޝަރު ކުރިމަތިކުރުވުމުގެ އިތުރުން ކެނެޑާގެ ވަޒީފާތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވިޔަފާރީގެ މަޝްވަރާތައް ކެނޑިގެން ދިޔަ ފަހުން ވިޔަފާރިވެރިންނާއި ސްޕަމާކެޓްތަކަށް ވެސް މި ބަދަލު ބޮޑަށް ފާހަގަކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސްޕަމާކެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ތަކެތި އުފައްދާފައިވާ ޤައުމު ބަލައި، އަގު ބޮޑުވި ނަމަވެސް އެމެރިކާ ނޫން އުފެއްދުންތައް ޚިޔާރުކުރަމުންދާއިރު، ފިހާރަތަކުން ވެސް އުފެއްދުންތައް ފާހަގަކުރުމަށް ކެނެޑާގެ ދިދައިގައިވާ މޭޕްލް ފަތުގެ ނިޝާން ބޭނުންކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން ބައެއް މަޝްހޫރު ވިޔަފާރިތަކުގެ މުވައްޒަފުން ދަނީ ޤައުމީ ރޫޙު ދައްކުވައިދޭ ޝިއާރުތައް ޖަހާފައިވާ ޓީޝާޓުތައް ލައިގެން މަސައްކަތްކުރަމުންނެވެ.

މުދަލުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ވެސް މި ބޮއިކޮޓް ފެންނަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ކެނެޑާ ރައްޔިތުން ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ޗުއްޓީ ހޭދަކުރުމަށް އެމެރިކާއަށް ނުދިއުމަށް ނިންމާފައެވެ. މިދިޔަ އަހަރު އެމެރިކާއަށް ދަތުރުކުރި ކެނެޑާ މީހުންގެ އަދަދު 25 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ފަހަކަށް އައިސް އެ އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިސް، މިދިޔަ ޖޫން މަހު އެމެރިކާއަށް ކުރި ދަތުރުތައް ވަނީ ފަސް އިންސައްތަ އިތުރުވެ 2.3 މިލިއަނަށް އަރާފައެވެ.

ކެނެޑާގެ ފަތުރުވެރިން މަދުވުމުގެ ކަންބޮޑުވުމާ ގުޅިގެން، ކެނެޑާގެ ބޯޑަރު ކައިރީގައިވާ އެމެރިކާގެ ބައެއް ސްޓޭޓްތަކުން ދަނީ ކެނެޑާގެ ރައްޔިތުންނަށް ހާއްސަ ޑިސްކައުންޓްތަކާއި ޕްރޮމޯޝަންތައް ތައާރަފުކުރަމުންނެވެ. އެގޮތުން ނިއުޔޯކް ސްޓޭޓުން “ނިއުޔޯކް ލަވްސް ކެނެޑާ” ގެ ނަމުގައި އަހަރު ނިމެންދެން ހާއްސަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ވަނީ ފަށާފައެވެ.

ޓެގް

ކެނެޑާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.