ޚަބަރު ޕެސިފިކް ކަނޑު ހޫނުވެ، ރާއްޖޭގެ ފަރުތަކަށް އެލްނީނޯގެ ނުރައްކާ ބޮޑުވެއްޖެ

ޕެސިފިކް ކަނޑު ހޫނުވެ، ރާއްޖޭގެ ފަރުތަކަށް އެލްނީނޯގެ ނުރައްކާ ބޮޑުވެއްޖެ

ޕެސިފިކް ކަނޑު ހޫނުވެ، ރާއްޖޭގެ ފަރުތަކަށް އެލްނީނޯގެ ނުރައްކާ ބޮޑުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕެސިފިކް ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއެކު “އެލްނީނޯ” ގެ ބާރު ގަދަވަމުން އަންނާތީ، ދިވެހިރާއްޖޭގެ ނާޒުކު ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދީފިއެވެ.

އެ އިދާރާއިން ހާމަކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އިރުމަތީ އިކުއިޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް އަށް އުފުލިފައެވެ. އަދި ނީނޯ 3.4 އިންޑެކްސް އަށް ބަލާއިރު އޮގަސްޓް މަހުގެ މެދުތެރޭގައި މިންގަނޑު 1.8 ޑީގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިވާ އިރު، ނީނޯގެ އެހެން ސަރަހައްދުތަކުންނާއި ކަނޑާއި ޖައްވުގެ ހާލަތުން ވެސް ފެންނަނީ އެލްނީނޯގެ އަސަރުތައް ވަރަށް ބޮޑަށް ފުޅާވަމުންދާ ތަނެވެ.

މި ހާލަތު މެޓް އޮފީހުން ވަރަށް ގާތުން މޮނިޓަރު ކުރަމުންދާއިރު، އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާނެ އެންމެ ބޮޑު އެއް ނޭދެވޭ އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކެވެ.

މީގެ އިތުރުން ވާރޭވެހޭ މިންވަރާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވޭއިރު، ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

މޫސުމީ މިފަދަ ބޮޑެތި ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެއަކީ ކިތަންމެހާވެސް ނާޒުކު ގައުމެއްކަން ހާމަވެގެންދާއިރު، އިގްތިސާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެ ތިބުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.