ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ހިންގުން ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ކުންފުނީގެ ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދަން އަނެއްކާވެސް ހުޅުވާލައިފިއެވެ.
އެ ކުންފުނިން އެންމެ ފަހުން ކުރި އިއުލާނުގައި ވަނީ ސޭލްސް އޮފިސަރުގެ 7 މަގާމާއި ކޯލް ސެންޓާ ރިޕްރެޒެންޓޭޓިވްގެ 10 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި މަގާމުތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ކުރިއަށް އޮތް އަންގާރަ ދުވަހެވެ.
މީގެ އިތުރުން ވެސް، ސެކިއުރިޓީ އޮފިސަރުންނާއި ލޮޖިސްޓިކްސް އަދި ލޭބަރުންގެ މަގާމުތަކަށް މީހުން ހޯދުމަށް މީގެ ދެ ދުވަސް ކުރިން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސިޓީ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓް ފާމާއިން އަންނަނީ ކުންފުނި ހިނގައިގަތުމަށްޓަކައި މުވައްޒަފުން ނެގުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...