ޚަބަރު ޑޮލަރުގެ ކަޅުބާޒާރަށް ފައިސާ ފޮނުވަނީ ބޮޑެތި ރިސޯޓުތަކުން؛ އެއީ މަނީ ލޯންޑަރިންގެ ކުށެއް: އިޙްސާން

ޑޮލަރުގެ ކަޅުބާޒާރަށް ފައިސާ ފޮނުވަނީ ބޮޑެތި ރިސޯޓުތަކުން؛ އެއީ މަނީ ލޯންޑަރިންގެ ކުށެއް: އިޙްސާން

ޑޮލަރުގެ ކަޅުބާޒާރަށް ފައިސާ ފޮނުވަނީ ބޮޑެތި ރިސޯޓުތަކުން؛ އެއީ މަނީ ލޯންޑަރިންގެ ކުށެއް: އިޙްސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤާނޫނާ ޚިލާފަށް ހިންގާ މަނީ އެކްސްޗޭންޖުތަކަށް ޑޮލަރު ފޯރުކޮށްދެނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކަމަށާއި، އެއީ މަނީ ލޯންޑަރިންގގެ ޢަމަލެއް ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ހުއްދައެއް ނެތި ޑޮލަރު މާރުކުރާ ތަންތަނަކީ އަމިއްލައަށް ބޭރު ފައިސާ އެތެރެކުރާ ނުވަތަ ޚިދުމަތެއް ދީގެން އާމްދަނީ ހޯދާ ތަންތަން ނޫން ކަމަށެވެ. އެ ފަރާތްތަކަށް ބޭރު ފައިސާ ލިބެނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ރިސޯޓު ޗެއިންތަކާއި ކޮންސްޓްރަކްޝަން ފަދަ ބޮޑެތި ދާއިރާތަކުން ޑޮލަރުގެ ފައިދާ ހޯދާ ކުންފުނިތައް މެދުވެރިކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑްތަކަށް ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، ޤާނޫނީ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގަނީ 63 މަނީ އެކްސްޗޭންޖަރުން ކަމަށްވީ ނަމަވެސް، އެއްވެސް ހުއްދައެއް ނެތި ގިނަ ފަރާތްތަކަކުން މި ވިޔަފާރި ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ވަކިވަކި ފަރުދުން ވެސް ހިމެނޭއިރު، ރަޖިސްޓްރީނުކޮށް ޑޮލަރު މާރުކުރާ 7 ފަރާތަކުން އެކަނިވެސް ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި ކަޅުބާޒާރުގައި 76 މިލިއަން ޑޯލަރު ވިއްކާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އިޙްސާންގެ ވާހަކަފުޅުގައި، ރާއްޖޭގެ ނަން މަޝްހޫރު އެއް ރިސޯޓު ޗޭނަކުން އެކަނިވެސް ފެށުނު 9 މަސް ދުވަހުގެ ތެރޭގައި ކަޅުބާޒާރަށް 4 މިލިއަން ޑޮލަރު މާރުކޮށްފައިވާކަން ހާމަކުރެއްވިއެވެ. އެމްއެމްއޭގެ އުސޫލުން މާރުކުރަންޖެހޭ މިންވަރަށް ޑޮލަރު ނުހުންނައިރު، ކަޅުބާޒާރަށް ނެރެން ޑޮލަރު ހުންނަކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް ހުއްދަނެތި ކުރާ މިފަދަ ކަންކަމުން ހޯދާ ފައިސާ ވިޔަފާރީގައާއި އަމިއްލަ ބޭނުމަށް ޚަރަދުކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން މަނީ ލޯންޑްރިންގގެ ޢަމަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އެނގިގެން ނުވަތަ ނޭނގި ނަމަވެސް މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން އެ ވަދެވެނީ މަނީ ލޯންޑަރިންގގެ ސީރިއަސް ހަރަކާތްތަކެއްގެ ތެރެއަށް ކަމަށް ވިދާޅުވެ އިޙްސާން ވަނީ އެކަމުގެ ނުރައްކާތެރިކަން ހަނދާންކޮށްދެއްވާފައެވެ.

ޓެގް

އަލީ އިޙްސާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.