ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިގެ މަގުން ގެނައި އެއާ ފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 3.8 ކިލޯގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ގެނެސްފައިވާ ޝިޕްމަންޓަކާމެދު ޝައްކުކުރެވިގެން ފާސްކުރުމުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ހަތަރު މީހަކު ހުކުރު ދުވަހު ކްރިމިނަލް ކޯޓުން 30 ދުވަހަށް ބަންދުކޮށްފައިވާ އިރު، އެ މީހުންގެ ބަންދު އަމުރުގައި މައްސަލައިގެ ތަފްސީލު ނެތުމުން މިއީ ސީދާ މި ޝިޕްމަންޓާ ގުޅުންހުރި މައްސަލައެއްކަން އަދި ސާފެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...