ކުޅިވަރު ބާސާއިން އާ ސީޒަންފެށީ ވަރުގަދަކޮށް ، ފުރަތަމަ މެޗުގައިވެސް 5 ލަނޑު

ބާސާއިން އާ ސީޒަންފެށީ ވަރުގަދަކޮށް ، ފުރަތަމަ މެޗުގައިވެސް 5 ލަނޑު

ބާސާއިން އާ ސީޒަންފެށީ ވަރުގަދަކޮށް ، ފުރަތަމަ މެޗުގައިވެސް 5 ލަނޑު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ލީގުގެ އާ ސީޒަން ބާސެލޯނާއިން ފެށީ އެލްޗޭގެ މައްޗަށް 5-0 އިން ކުރިހޯދައި، ވަރުގަދަ މެސެޖަކާއެކުގައެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓްގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ރަފީނިއާއެވެ. މިއީ އެލްޗޭގެ އޭރިއާ ތެރެއިން ވިކްޓަ ޗުސްޓް، ރަފީނިއާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ނަތީޖާ ހަމަހަމަކުރަން އެލްޗޭއިން މަސައްކަތްކުރި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާއިން ވަނީ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މިއަހަރުގެ ޓްރާންސްފާގައި ބޮރޫޝިއާ ޑޯޓްމަންޑުން އެ ޓީމަށް ގުޅުނު ފޯވާޑް ކަރީމް އަޑެޔޭމީއެވެ.

ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ކޮންޓްރޯލްކޮށް، އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ދެ ފުރުސަތަކުން އެންމެ ހަތަރު މިނިޓްގެ ތެރޭގައި އިތުރު ދެ ގޯލު ކާމިޔާބުކުރިއެވެ. އެއީ 67 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލާއި 71 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ކާމިޔާބުކުރި ލަނޑެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ޒަވީ އެސްޕާޓް ދިން ބޯޅައަކުން ބާސެލޯނާގެ ފަހު ގޯލު ކާމިޔާބުކުރީވެސް، އަނިޔާއިން ރިކަވާވެ އެނބުރި އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފާމިންއެވެ.

މި މުބާރާތުގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ވަނީ 2-2 އިން ވިޔަރެއާލްއާ އެއްވަރުވެފައެވެ. މާކް ޕިއުބިލްގެ ލަނޑުން އެތުލެޓިކޯ ލީޑު ނެގި ނަމަވެސް، ޖެރާޑް މޮރޭނޯ އާއި ޖިއޯޖެސް މިކައުޓަޑްޒޭގެ ޕެނަލްޓީތަކުން ވިޔަރެއާލުން ލީޑު ނެގިއެވެ. ނަމަވެސް، 76 ވަނަ މިނިޓްގައި ރޮބިން ލެ ނޯމަންއަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެތުލެޓިކޯއަށް 86 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ ޖޫލިއާނޯ ސިމިއޯނީއެވެ.


ޓެގް

ލަލީގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.