ކުޅިވަރު އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑް މޮޅަކުން ފަށައިފި

އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑް މޮޅަކުން ފަށައިފި

އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑް މޮޅަކުން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން އާ ފެށުމެއް ހޯދައިފިއެވެ. ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރެއާލުން މޮޅުވީ 2-1 އިންނެވެ.

ދެވަނަ ފަހަރަށް ރެއާލްގެ އިރުޝާދާ ހަވާލުވި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ފަށައިގެން، ލިބުނު ހިލޭ ޖެހުމަކުން ޖޫޑް ބެލިންގްހަމް ވަނީ ނުވަވަނަ މިނިޓްގައި ބޮލުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ރެއާލަށް ލީޑު ނަގައިދީފައެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދަނިކޮށް، ފުރަތަމަ ހާފު ނިމެނިކޮށް އެލެކްސް ކަލަޓްރަވާ ވަނީ ލަނޑެއް ޖަހައި އެސްޕަންޔޯލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ރެއާލުން ގެނެސްދިން ބަދަލުތަކާއެކު ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ މެޗުގެ އިތުރު ވަގުތުގައެވެ. ކާލޯސް އެކްސްޕީ ކާމިޔާބުކުރި މުހިންމު ލަނޑާއެކު ރެއާލުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. ލީގުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ރެއާލް ނުކުންނާނީ ރެއާލް ސޮސައިދާދްއާ ދެކޮޅަށެވެ.

ޓެގް

ލަލީގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.