ސައޫދީގައި ފާހަގަކުރާ ފައުންޑިން ޑޭ ގައި ރޮނާލްޑޯ ބައިވެރިވެއްޖެ
ރިޔާޒް (ފެބުރުއަރީ 24) – ޕޯޗުގަލްގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަލް-ނަސްރު ޓީމުގެ ކުޅުންތެރިންނާ އެކު ސައުދީގެ ސަޤާފީ ހެދުންއަޅައިގެން ފައުންޑިން ޑޭ ފާހަގަކޮށްފި އެވެ.
އަލްނަސްރު އެފްސީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ސައުދީގެ ހޮސްޕިޓާލިޓީ ސްޓޭޕަލް އެއް ކަމަށްވާ ސައުދީ ކޮފީ ބޯތަން ފެނުނީ ކްރިސްޕް ހުދު ކުލައިގެ ސައުދީ ތޮބެއް އަޅައިގެންނެވެ.
ރޮނާލްޑޯ ކުރި ޓުވީޓެއްގައި ބުނީ އަލްނަސްރު އެފްސީގައި ބޭއްވި އުފަލުގައި ބައިވެރިވުމަކީ ލިބުނު ހާއްސަ ތަޖުރިބާއެއް ކަމަށެވެ.
އޭގެ ފަހުން އޭނާ ފެނުނީ ތޮބްގެ މަތީގައި ޑޭޝިން ނޭވީ ބްލޫ އަދި ރަން ޕްރިންޓެޑް ދަގްލާއެއް ލައިގެންނެވެ.
މި ތޮބަކީ ސައުދީ އަރަބިއްޔާގެ ފިރިހެނުން ލައިއުޅޭ ފުލް ލެންގް، އާންމުގޮތެއްގައި ދިގު، ގައުން ފަދަ ގައުމީ ހެދުން ކަމަށް ބެލެވެ އެވެ.
ރޮނާލްޑޯ އާއި އޭނާގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަމުން ދިޔައިރު، ސުޕަސްޓާ ވަނީ ސައޫދީ ދިދަ ކޮނޑުގައި އަޅުވާލައިގެން ނަށާ މަންޒަރު ވެސް ފެނިފަ އެވެ.
މިދިޔަ ހަފުތާގައި ރޮނާލްޑޯގެ މަންމަ މާރިއާ ޑޮލޮރެސް ޑޮސް ސަންޓޯސް އަވޭރޯ ވަނީ އޭނާގެ ދައްތަ ކްރިސްޓިއާނޯ ޖޫނިއާއާ އެކު ތޮބެއް ލައިގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ރޮނާލްޑޯގެ ސައޫދީ ސަޕޯޓަރުން ވަނީ އުފާވެފަ އެވެ.
ސަޢޫދީ ޤައުމީ ދުވަސް ނުވަތަ އަލްޔަޢުމް އަލް ވަޠަނީގެ ނަމުން ނަންދެވިފައިވާ ސަޢޫދީ އުފެދުމުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގައި ފާހަގަކުރާ ޤައުމީ ބަންދު ދުވަހެކެވެ. އެއީ 1932 ވަނަ އަހަރު ސައުދީ ރަސްގެފާނު އަބްދުލްއަޒީޒް އާލް ސައުދު ސައުދީ އަރަބިއްޔާ އުފެއްދެވި ދުވަހެވެ. ސަޢޫދީ ފައުންޑިންގ ޑޭއަކީ ޤައުމީ ފަޚުރުވެރިކަމާއި އުފާފާޅުކުރުމުގެ ދުވަހެއް ކަމަށާއި، މިދުވަސް ފާހަގަކުރުމުގެ ގޮތުން ސައޫދީގެ އެކި ކަންކޮޅުތަކުގައި ތަފާތު ޙަރަކާތްތައް ކުރިއަށްދާއިރު، އޭގެ ތެރޭގައި ޕެރޭޑާއި، އަލިފާންގެ ކުޅިވަރުތަކާއި، ސަގާފީ ހުށަހެޅުންތައް ހިމެނެއެވެ. މި ޗުއްޓީއަކީ ސައޫދީގެ ތާރީހާއި ސަގާފަތާ މެދު ވިސްނުމުގެ އިތުރުން ގައުމިއްޔަތާއި ގައުމަށް ވަފާތެރިކަން ދެއްކުމަށް ލިބޭ ފުރުސަތެކެވެ.



