ދީން އިސްލާމްދީނުގައި ޒިޔާރަތްކުރުމުގެ އަދަބުތައް

އިސްލާމްދީނުގައި ޒިޔާރަތްކުރުމުގެ އަދަބުތައް

އިސްލާމްދީނުގައި ޒިޔާރަތްކުރުމުގެ އަދަބުތައް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

الحمد لله، والصلاة والسلام على رسول الله.

އިސްލާމްދީނުގެ މުހިންމު އެއް އަސާސަކީ އިޖުތިމާޢީ ގުޅުންތަކުގައި މުސްލިމުން އަމަލުކުރަންޖެހޭ ރިވެތި އުސޫލުތަކެވެ. މިގޮތުން ރަޙުމަތްތެރިންނާއި، އަވަށްޓެރިންނާއި، އަދި ޢާއިލާގެ މެންބަރުންނަށް ޒިޔާރަތްކުރުމުގައި އަމަލުކުރަންވީ މިންގަނޑުތަކެއް އިސްލާމްދީނުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ، ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ގެއަކަށް ނުވަނުމެވެ. އަދި ގެއަށް ވަނުމުގެ ކުރިން ސަލާމް ގޮވުމަށާއި، އެތެރެއަށް ވަނުމުގެ ހުއްދަ ލިބުމުގެ ކުރިން ދޮރުން އެތެރެ ނުފެންނާނެހެން މަޑުކޮށްލައިގެން ހުރުމަށް އިސްލާމްދީން ބާރުއަޅައެވެ.

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް، އެ ގޭގެ އަހުލުވެރިންގެ ކިބައިން ހުއްދަ ހޯދައި، އެބައިމީހުންނަށް ސަލާމް ކޮށްފުމަށްދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެއީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.” (ސޫރަތުއް ނޫރު: 27)

ކެއުންބުއިމުގެ ވަގުތުތަކުގައާއި ރޭގަނޑުގެ ވަގުތުތަކުގައި ޒިޔާރަތްކުރުމުން ދުރުހެލިވާންޖެހެއެވެ. ސަބަބަކީ އެއީ މީހުންނަށް އުނދަގޫވެދާނެ ވަގުތުތަކަކަށް ވާތީއެވެ. މީގެ އިތުރުން، އެހެން މީހުންގެ ގޭގޭގައި އުޅޭއިރު، އަންހެނުންނާއި ފިރިހެނުންވެސް އެމީހުންގެ ފެނުން ތިރިކުރުމަށާއި، ގޭތެރޭގެ ކަންކަމަށް ފާރަލައި ހޯދައި ނުބެލުމަށް އިސްލާމްދީން އަމުރުކުރެއެވެ.

ބޭނުންވާ މިންވަރަށްވުރެ އިތުރަށް ޒިޔާރަތް ދިގުދަންމާނުލުމަކީވެސް އެދެވިގެންވާ ކަމެކެވެ. މި ހުރިހާ އުސޫލުތަކަކީ އެކަކު އަނެކަކަށް އުނދަގޫނުވާނެހެން، އަދަބުވެރިކަމާއެކު މުޢާމަލާތްކުރުން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ މުހިންމު ކަންކަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ކަންކަން އިޞްލާޙު ކޮށްދެއްވާނދޭވެ! އަދި އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އެ ތެދުމަގުގައި ޘާބިތުކުރައްވާނދޭވެ! އަދި އަޅުގަނޑުމެންނަށް ފައިދާ ކުރަނިވި ޢިލްމު ދެއްވައި، އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވާނދޭވެ!

ދީނާ ޢިޞާމް (2018)، ނޫރުއެކަޑެމީ.ކޮމް

ޓެގް

އިސްލާމްދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.