ޚަބަރު މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މަސް ގަންނަ އަގު އުފުލައިފި

މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މަސް ގަންނަ އަގު އުފުލައިފި

މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މަސް ގަންނަ އަގު އުފުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ދަށްވެ މަހުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، މަސްވެރިންގެ އަތުން މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.

މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. ނަމަވެސް މިއަދު ގެނައި މި ބަދަލާއެކު، މަސް ކިލޯއަކުން ވަނީ އެއް ރުފިޔާގެ ކުރިއެރުމެއް ލިބިފައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި އަގަށް މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކަށާއި، ރާއްޖޭގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ އިތުރުން ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ބެލުމަށްފަހުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް އެންމެ ފައިދާހުރި އަގު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ބަދަލާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖެޓީތަކުންނާއި، މިފްކޯގެ ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދުން ފެށިގެން މަސް ގަންނަމުންދާނީ އާ އަގުގައެވެ.

މިފްކޯއިން މަސް ގަންނަ އަގު މުރާޖައާ ކުރަމުން އަންނައިރު، މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ސެންޓަރުތަކުން ކްރެޑިޓަށް ތެޔޮ ދޫކުރުމާއި، ކަނޑުއޮތްގިރިން އައިސް ވިއްކުމުގެ ހިދުމަތް ފަދަ ލުއިތައް ވެސް ދާދިފަހުން ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ގަވާއިދުން އަދި އަވަހަށް ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.