ޚަބަރު ބޭރުގެ އެޖެންޓުންނާއި އޯޓީއޭތަކުން ޓެކްސް ނަގާ ބިލް ފާސްކޮށްފި

ބޭރުގެ އެޖެންޓުންނާއި އޯޓީއޭތަކުން ޓެކްސް ނަގާ ބިލް ފާސްކޮށްފި

ބޭރުގެ އެޖެންޓުންނާއި އޯޓީއޭތަކުން ޓެކްސް ނަގާ ބިލް ފާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން ދޭ ހިދުމަތްތައް ރާއްޖޭގެ ޓެކްސް ދަލުގެ ތެރެއަށް ވައްދައި، އެ ފަރާތްތަކުން ޓީޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރުމާ އެކު، ބޭރުގެ ފަރާތްތަކުން ވިއްކާ ޕެކޭޖުތަކާއި ބުކިންތަކުން އަހަރަކު ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާގެ އާ އާމްދަނީއެއް ދައުލަތުގެ ބަޖެޓަށް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް އަންދާޒާކުރާ 13 ބިލިއަން ރުފިޔާ އާއި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ 299.3 މިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވަނީ ތާއީދުކުރައްވާފައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާ އެކު މާއްދާތައް ސާފުކޮށް ފާސްކުރި މި ބިލުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، ގުދުރަތީ ވަސީލަތްތަކުން ބޭރުގެ ކުންފުނިތަކުން ހޯދާ ބޮޑު ނަފާއިން ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ އޮންލައިން ޓްރެވަލް އެޖެންސީތަކުން (އޯޓީއޭ) ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އަގުތަކުން ބޮޑު ކޮމިޝަނެއް ނަގަމުންދާއިރު، އޮފްޝޯކޮށް ހިންގާ މި މުއާމަލާތްތަކުން އެކަށީގެންވާ ޓެކުހެއް ނުލިބޭ މައްސަލައަކީ މީރާއިން ވެސް މީގެ ކުރިން ފާހަގަކޮށްފައިވާ ކަމެކެވެ. މިއަދު ގެނައި މި ބަދަލާއެކު، ބޭރުގެ ޕްލެޓްފޯމްތަކުން ވިއްކާ ޖުމްލަ އަގުގެ މައްޗަށް ރާއްޖޭގެ %16 ގެ ޓީޖީއެސްޓީ ހިނގާނެ ގޮތް ގާނޫނީ ގޮތުން ކަނޑައެޅިގެންދާނެއެވެ.

ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.