ޚަބަރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ ކޮމިޝަނަރު އަޒީޒްގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ ކޮމިޝަނަރު އަޒީޒްގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ ކޮމިޝަނަރު އަޒީޒްގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު، އަލުން އެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މި މަގާމަށް ބޭފުޅަކު ހޯދުމަށް ފުރުސަތު ހުޅުވާލީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި، މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ހިއްސާކުރެއްވި ނަމަވެސް، އެމަނިކުފާނަށް އިސްކަންދެއްވަން ފެންނަ ނަންފުޅެއްގެ ގޮތުގައި އިސްކުރައްވާފައިވަނީ ޢަބްދުލްޢަޒީޒްގެ ނަންފުޅެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު މި ސިޓީފުޅު އިއްވެވުމާ ގުޅިގެން، ރިޔާސަތުން ވަނީ އެ ނަންފުޅުތައް އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ވުޖޫދަށް އައުމުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން، އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އެކުލަވާލައި، ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އިދާރީ އޮނިގަނޑު އެކުލަވައިލުމުގައިވެސް އޭނާ ވަނީ އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލުން އޭނާގެ ނަންފުޅު ހުށަހެޅުއްވިިއިރު، ޢަބްދުލްޢަޒީޒް މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ޓެގް

އިންފޮމޭޝަންކޮމިޝަނަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.