ބޭރުދުނިޔެ ދިއްލީގެ މަޝްހޫރު ޑޮކްޓަރަކު މަރާލަން ރޭވި ދެ ޝޫޓަރުން ފުލުހުންގެ ކުރިމަތިލުމަކަށްފަހު ހައްޔަރުކޮށްފި

ދިއްލީގެ މަޝްހޫރު ޑޮކްޓަރަކު މަރާލަން ރޭވި ދެ ޝޫޓަރުން ފުލުހުންގެ ކުރިމަތިލުމަކަށްފަހު ހައްޔަރުކޮށްފި

ދިއްލީގެ މަޝްހޫރު ޑޮކްޓަރަކު މަރާލަން ރޭވި ދެ ޝޫޓަރުން ފުލުހުންގެ ކުރިމަތިލުމަކަށްފަހު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ، އާރުއާރުއެމް ހޮސްޕިޓަލުގެ ވެރިޔާ ޑރ. ނަރެންދުރަ ޝަރުމާ މަރާލަން ރޭވި ނުރައްކާތެރި ރޭވުމެއް ފުލުހުން ވަނީ ނާކާމިޔާބުކޮށްލާފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅޭ ގޭންގު ލީޑަރު ހިމާންޝޫ ބާއޫގެ ގޭންގަށް ނިސްބަތްވާ ދެ ޝޫޓަރުންނެވެ.

ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗާއި ހަރިޔާނާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ދިއްލީގެ ބައްކަރްވާލާ ސަރަހައްދުން ޝައްކުކުރެވޭ މަހިންދުރާ ތާރު އެސްޔޫވީއެއް ހުއްޓުވަން ފުލުހުން މަސައްކަތްކުރިއެވެ. ނަމަވެސް، ފުލުހުންނަށް ފިލަން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް އެ ކާރު ވަނީ ޓީ-ޖަންކްޝަނަކުން އައި ބޮލޭރޯ ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވެފައެވެ.

އެކްސިޑެންޓަށްފަހު، ކާރުގައި ތިބި ދެ ޝޫޓަރުން ނުކުމެ ފުލުހުންނާ ދިމާއަށް އަށް ވަޒަން ޖެހުމުން، ފުލުހުން ވަނީ ރައްދުގައި ބަޑިޖަހާފައެވެ. ފުލުހުންގެ ހަމަލާގައި ދެ މީހުން ވެސް ޒަޚަމްވުމުން، ހައްޔަރުކޮށްގެން ފަރުވާއަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހުންގެ އަތުން ގްލޮކް ބްރޭންޑުގެ ދެ ފިސްތޯލަ ފެނިފައިވެއެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ރޯހްތަކަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ސަމީރާއި، ކުޝް ކިޔާ މީހެކެވެ. ފުލުހުން މިހާރު ދަނީ އެމީހުންނަށް ހަތިޔާރު ލިބުނު ގޮތާއި ގޭންގުގެ އެހެން މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޭންގަކީ މީގެ ކުރިން 2025 ވަނަ އަހަރު މަޝްހޫރު ޔޫޓިއުބަރު އެލްވިޝް ޔާދަވްގެ ގޭގެ ބޭރުގައި ބަޑިޖެހި މައްސަލައިގައި ވެސް ތުހުމަތުކުރެވޭ ބައެކެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.