ބޭރުދުނިޔެ އިންޑިއާ ކައިރިން ބޯޓެއް އަޑިއަށް ގޮސް ދެ މީހަކު ސަލާމަތްކޮށްފި، އިތުރު މީހުން ހޯދަނީ

އިންޑިއާ ކައިރިން ބޯޓެއް އަޑިއަށް ގޮސް ދެ މީހަކު ސަލާމަތްކޮށްފި، އިތުރު މީހުން ހޯދަނީ

އިންޑިއާ ކައިރިން ބޯޓެއް އަޑިއަށް ގޮސް ދެ މީހަކު ސަލާމަތްކޮށްފި، އިތުރު މީހުން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ އޮޑިޝާގެ އައްސޭރިފަށާ ދިމާލުން ގާތްގަނޑަކަށް 240 ނޯޓިކަލް މޭލު ބޭރުން ބަންގާޅު ކަނޑުގެ ސަރަހައްދަށް، 24 ފަޅުވެރިންނާއެކު ދަތުރުކުރި ޕެނަމާގެ މުދާ އުފުލާ ބޯޓެއް އަޑިއަށް ދިޔަ ހާދިސާގައި ކޯސްޓް ގާޑުން ދެ މީހަކު ކަނޑުމަތިން ސަލާމަތްކޮށްފިއެވެ.

ހޮނިހިރު ދުވަހު އަޑިއަށް ގޮސްފައިވަނީ “އެމްވީ އޯޝަން ވިނަރ” (MV Ocean-Winner) ނަމަކަށް ކިޔާ ބޯޓެކެވެ. މިއީ އޮޑިޝާގެ ޕަރަދީޕް ބަނދަރުން 1,700 ޓަނުގެ ދަގަނޑު ހިލަ ބަރުކޮށްގެން، އޮގަސްޓް 20 ވީ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު ސިންގަޕޫރަށް ދަތުރުފެށި އުޅަނދެކެވެ.

މި އުޅަނދުގައި މަސައްކަތްކުރަމުން ދިޔަ 24 ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 20 ރައްޔިތުންނާއި، މިޔަންމާގެ ތިން މީހުން އަދި ބަންގްލަދޭޝްގެ އެކަކެވެ.

ބޯޓު އޮޕަރޭޓްކުރާ ކުންފުނި ކަމަށްވާ “ވިކްޓަރީ ސްޓާ ގްރޫޕް ކޯ ލިމިޓެޑް” އިން އެ ބޯޓާ ގުޅުން ކެނޑިފައިވާ ކަމުގެ މައުލޫމާތު ސްރީ ވިޖަޔާ ޕޫރަމްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކުރީ ހޮނިހިރު ދުވަހުގެ ހެނދުނު 11:48 ގައެވެ.

ހާދިސާއާ ގުޅިގެން އިންޑިއަން ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ވަނީ ކުއްލި ގޮތަކަށް ވަރުގަދަ ސަލާމަތީ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ކޯސްޓް ގާޑުގެ “ވަރަދް” އަދި “އަންމޯލް” ގެ އިތުރުން “ވިޖިތު” ނަމަކަށް ކިޔާ އުޅަނދުތައް މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޯސްޓް ގާޑުން ވަނީ ކަނޑަށް ދޫވެފައިވާ ލައިފް ރާފްޓްތަކުން ދެ ފަޅުވެރިއަކު ސަލާމަތްކޮށްފައެވެ. ގެއްލިފައިވާ ބާކީ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުފަހަރަށްވެސް ވަނީ މީހުން ހޯދުމުގައި އެހީތެރިވުމަށް އަންގާފައެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.