ޚަބަރު

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަތުން ރާއްޖެއިން ކުށްވެރިކޮށްފި

ސޯމާލިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ “ސޯމާލީލޭންޑް” އަކީ ވަކި ދައުލަތެއްގެ ގޮތުގައި ޔަހޫދީ އިޒްރޭލުން ބަލައިގަތުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކުރެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ އިޒްރޭލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށާއި، މިއީ ބައިނަލްއަގުވާމީ އުސޫލުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސޯމާލިއާގެ އިސްތިގުލާލާއި ދާޚިލީ ކަންކަމުގެ ތެރެއަށް އިޒްރޭލުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީ ގައުމުތަކުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close