ޚަބަރު

މަޖިލީހުގެ ކޮމިޓީން މީޑިއާ ބިލު ސިއްރުކުރުމުން ސީޕީޖޭއިން ކަންބޮޑުވުން ފާޅުކޮށްފި

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރުމުގެ ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ސިއްރުކުރުމުން ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމްއިއްޔާއިން ވަނީ ރައީސް މުއިއްޒުގެ ކިބައިންނާއި ރައްޔިތުން މަޖިލިހުގެ ކިބައިން ޑިމޮކްރެސީއާ ހިލާފު މި އަމަލު ހުއްޓާލައި، ނޫސްވެރިންނާއި އާންމުންނަށް މިނިވަންކަމާއެކު މައުލޫމާތު ހިއްސާ ކުރުމާއި މަޝްވަރާ ކުރުމުގެ އަސާސީ ހައްގުތައް ހޯދައިދިނުމަށް ގޮވާލައިފައެވެ.

ކޮމިޓީ ސިއްރުކުރަން މިއަދާއި އިއްޔެވެސް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުالله ޝަރީފެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިނެވެ. ކޮމިޓީ ސިއްރުކުރަން ހުއްޖަތެއްގެ ގޮތުގައި ދައްކާފައި ވަނީ ބިލަށް ހިޔާލު ހުށަހަޅާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުންކަމަށެވެ.

މަޖިލިސް ގަވާއިދާ ހިލާފަށް ކޮމިޓީ ބައްދަލުވުންތައް ސިއްރުކުރުމުން، އިއްޔެ އާއި މިއަދުވެސް ކޮމިޓީ ކަވަރުކުރުމަށް މަޖިލީހަށް ހާޒިރުވި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސުވާލުތައް ކުރި ނޫސްވެރިން މަޖިލީހުގެ ސެކިއުރިޓީން ވަނީ ގަދަބާރުން ކޮޓަރިން ނެރެފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނީ މި ކޮމެޓީގެ ބައްދަލުވުން ކަވަރުކުރުމަށް ދިޔަ ނޫސްވެރިން ކޮމެޓީ ރޫމުން ބޭރުކުރަން ޖެހުނީ ކޮމެޓީގެ މަސައްކަތަށް އެ ނޫސްވެރިން ހުރަސް އެޅުމުމުގެ ސަބަބުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close